ސަރުކާރުން ކުރަމުންދާ މަސައްކަތާއެކު ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިޔޫ.އެޗް.އޯ ގުޅިގެން ފ. އަތޮޅުގައި މިހާރު ވަނީ ވަރަށް މުހިންމު މަޝްރޫޢެއް ފަށާފައިކަމަށެވެ. އަދި ފ.ނިލަންދޫގައި މިހާރު ތަރައްޤީކުރަމުން އަންނަ ޕްރައިމެރީ ހެލްތް ކެއަރ ޑެމޮންސްޓްރޭޝަން ސައިޓަކީ، ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް އަމާޒު ހިފާފައިވާ ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑަބްލިޔޫ.އެޗް.އޯގެ ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓަޖީއަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން، ޔުނިވަރސަލް ހެލްތް ކަވަރޭޖް ކަށަވަރުކުރުމާއި، ޞިއްޙަތާ ގުޅުން ހުރި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޑަބްލިޔޫ.އެޗް.އޯގެ ފަންނީ ލަފާ މިހާރުވެސް ރާއްޖެއަށް ލިބޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ނޫން ކިތަންމެ ދާއިރާއަކުންވެސް ޑަބްލިޔޫ.އެޗް.އޯގެ އެހީތެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި މިހާރުވެސް ރާއްޖެއަށް ލިބޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ. އޭގެ ތެރެއިން އެއް ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށް ވުރެ ހަލުވިކުރުން. އަދި ޞިއްޙީ ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނައި ހެޔޮ ބަދަލަކީ ދާއިރާ ކުރިއެރުވުމަށް ގެނެވުނު ހެޔޮ ބަދަލެއްކަމަށެވެ. އެ ބަދަލަކުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެ އަމާޒަށް ވާޞިލުވުމަށްޓަކައި އަދިވެސް ފުރިހަމަކޮށްލަންޖެހޭ ބައެއް ކަންތައް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އަޅުގަނޑުމެން މިހާރު މިއަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެކުރިން ފުޅާނުވާހާ މިންވަރަށް ފުޅާވަމުންކަމަށެވެ. މީގެކުރިން މާލެއިން ނޫނީ ނުލިބޭ ޞިއްޙީ އެތައް ޚިދުމަތެއް، މިދިޔަ 5 އަހަރުގެތެރޭގައި އަތޮޅުތަކުގައި ޤާއިމުކުރެވިއްޖެކަމަށާއި އަދި މިހާރު ކުރިއަށްދާ ޚިދުމަތްތަކާއެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަން ޔަޤީންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Address by His Excellency President, @ibusolih at the World Health Day celebration. #HealthForAll @WHOMaldives pic.twitter.com/YBBOyEYcSc
— Ministry of Health (@MoHmv) May 11, 2023
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ. އޭގެ ތެރެއިން އެއް ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށް ވުރެ ހަލުވިކުރުން. އަދި ޞިއްޙީ ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް ކުރުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނައި ހެޔޮ ބަދަލަކީ ދާއިރާ ކުރިއެރުވުމަށް ގެނެވުނު ހެޔޮ ބަދަލެއްކަމަށެވެ. އެ ބަދަލަކުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެ އަމާޒަށް ވާޞިލުވުމަށްޓަކައި އަދިވެސް ފުރިހަމަކޮށްލަންޖެހޭ ބައެއް ކަންތައް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އަޅުގަނޑުމެން މިހާރު މިއަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އެ އަންނަނީ މީގެކުރިން ފުޅާނުވާހާ މިންވަރަށް ފުޅާވަމުންކަމަށެވެ. މީގެކުރިން މާލެއިން ނޫނީ ނުލިބޭ ޞިއްޙީ އެތައް ޚިދުމަތެއް، މިދިޔަ 5 އަހަރުގެތެރޭގައި އަތޮޅުތަކުގައި ޤާއިމުކުރެވިއްޖެކަމަށާއި އަދި މިހާރު ކުރިއަށްދާ ޚިދުމަތްތަކާއެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަން ޔަޤީންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު