7 ރަށެއްގައި ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތް އަންނަ ހަފްތާގައި ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަކި ފަރުދެއް ވަކި ރަށެއް ތަފާތުނުކޮށް، އެންމެންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، އެ މީހަކު ދިރިއުޅޭ ސަރަޙައްދަކުން ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުންކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ރައްޔިތުންތަކެއް. އެއް ރަށުން އަނެއް ރަށަށް އަބަދު ދަތުރުކުރަންޖެހޭ ބައެއް. އެހެންކަމުން، ދަތުރުފަތުރަށް ހުރަސްއެޅި، ކޯވިޑްގެ ތެރޭގައި ކުރިމަތިވި ފަދަ ފުރަބަންދެއްގައި ތިބެންޖެހިއްޖެ ޙާލަތެއްގައިވެސް، ޞިއްޙީ ޚިދުމަތް ފަސޭހައިން ލިބޭނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށްގެން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެކުލަވައިލި ނޭޝަނަލް ސްޕޭޝްލް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ 5 ސަރަޙައްދެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށެވެ. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް މިހާރު އަންނަނީ އައު ޚިދުމަތްތައް ދެމުންކަމަށާއި އޭގެ ތެރޭގައި ސީ.ޓީ ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯޓެރީގެ ޚިދުމަތާއި ދަތުގެ ފަރުވާގެ ޚިދުމަތްތައް ވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ސަރުކާރުން ތައްޔާރުވަނީ ރާއްޖޭގެ 7 އަތޮޅެއްގެ 7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި ހޮސްޕިޓަލްތަކެއް ޤާއިމުކުރަންކަމަށެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުންތަކުގައި އަންނަ ހަފްތާގެ ތެރޭގައި ސޮއިކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށި. މިއިން ކޮންމެ ރަށެއްގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެއް. އެ މަސައްކަތަށް ހޮވިފައިވާ ކޮންޓްރެކްޓަރުންނާ އެކު، އިރާދަކުރެއްވިއްޔާ މި ފެށޭ ހަފުތާގައި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ޙަވާލުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއެކު، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު