ހުޅުމާލޭގެ މާސްޓަރޕްލޭން ބަދަލުކޮށް ފަޅު ހިއްކައިފިނަމަ ހުޅުލެއަށް އަސަރުކުރާނެކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭގެ މާސްޓަރޕްލޭން ބަދަލުކޮށް ފަޅު ހިއްކުމަށް ސަރުކާރުން މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސައީދު ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ބަދަލުކޮށް ފަޅު ހިއްކައިފިނަމަ ހުޅުލެއަށް އަސަރުކުރާނެކަމަށެވެ.
"7 މިލިއަން ޓްއަރިސްޓް އެރައިވަލްއަށް ވިޝަނެއް އުފަންކުރީ ދުރު ވިސްނުމެއްގައި ރައީސް ޔާމީން." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް ސާލިހު ފަދަ ވެރިންގެ ސަބަބުން ރައްޔިތުންނަށް ގެއްލުން ކުރިމަތިވާކަމަށެވެ. އަދި ތިމާވެށީގެ މިނިސްޓްރީން ހުޅުމާލޭފަޅު ހިއްކުން ހުއްޓަންޖެހޭކަމަށް ސައީދު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިއްކަން މަޝްވަރާކުރަނީ ހުޅުމާލޭގައި ހުންނަ މެރީ ބްރައުން ރެސްޓޯރަންޓާއި ދިމާއިން އޮންނަ ފަޅުތެރެއިން ފެށިގެން ފޭސް ދޭއްގައި އޮންނަ ފަރުކޮޅުފުއްޓާއި ހަަމައަށެވެ. ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން މިއީ ކްރޫޒްލައިނަރ ޓަރމިނަލެއް ތަރައްޤީކުރުމަށް އޮތް ސަރަހައްދެކެވެ.
ނަމަވެސް ސަރުކާރުން ބުނަނީ މިއީ ގޯތިދޭން ހިއްކާ ބިންތަކެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު