ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ވަގުތުން މިނިވަން ކުރަން އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
އިމްރާން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އިސްލާމްއާބާދުގައި ހުންނަ ކޯޓަކަށް ހާޒިރުވެވަޑައިގަތުމުން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުންނެެވެ. އިމްރާން ހައްޔަރު ކުރީ އޭނާ ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު 239 މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް އިމްރާން މިއަދު ހާޒިރުކުރުމުން ކޯޓުން ވަނީ އިމްރާން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އިމްރާން ވަގުތުން މިނިވަން ކުރަން ވެސް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އިމްރާން ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާނުގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު އެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާއި އާންމުންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތައް ވަނީ ހިނގާފައެވެ. އެ މުޒާހަރާތަކުގައި މިހާތަނަށް 10 މީހަކު މަރުވެފައިވާއިރު 2،000 އަށް ވުރެ ގިނަ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ބޮޑުވަޒީރު ކަމުގައި ހުންނަވަނިކޮށް އިމްރާން މަގާމުން ވަކިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުން އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެންނެެވެ.

ކިޔުންތެރިންގެ ހިޔާލު