ޗާގޯސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކުޅެނީ ޑްރާމާއެއް ކަމަށް ވިދާޅުވެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް ގެއްލުވާލުމުގައި އޭޖީ ރިއްފަތު ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެއެވެ.

އެކަމަށް އިޝާރަތް ކުރަށްވައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޗާގޯސް މައްސަލައިގައި ރާއްޖެއަށް ލިބުނީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބުނީ ބޮޑު ބައެއް ކަމަށާއި މޮރިޝަސްގެ މައްޗަށް ގަދަވީ ރާއްޖެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.



"ހަގީގަތުގައި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތި، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަކީ ޗާގޯސް މައްސަލައިގައި ކުޅެނީ ޑްރާމާއެއްކަން އިތުރަށް ރައްޔިތުންނަށް ޔަގީންވާކަމެއް. ތިޔަ އިތުބާރު ނެތްކަމުގެ މައްސަލައާއި ޖަމަލު ފޮޑިއަކާ އެއްވެސް ތަފާތެއްނެތް." އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މަހުލޫފް ވިދާޅުުވިއެވެ.

ފޯޅަވަހި މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައެޅީ މިއަދުގެ ވަގުތެއްގައެވެ. ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ. ރިއްފަތުގެ އިތުރުން ޗާގޯސް މައްސަލައިގައި ރައީސް ސާލިޙާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓް ވެސް މަޖިލީހަށް ހުށައަޅާނެ ކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ދީފައެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓެވެ.

މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ނިންމާފަ އެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެމައްސަލަ ނިމުނު ގޮތުބް މޮރިޝަސްއަށް ލިބޭނީ 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ކަމަށް އިޓްލޮސްގެ ނިންމުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން