މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓްވީޓަކާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ނުރުުހުން ފާޅުކުރައްވައިފިއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ނުރުުހުން ފާޅުކުރެއްވީ "ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް"ގެ ވާހަކަ މަޖިލީހުގެ އިދާރާގެ ރަސްމީ ޓްވީޓަރ އެކައުންޓުން ޓްވީޓްކުރުމުންނެވެ.



މަޖިލީހުގެ އިދާރާއިން މި ޓްވިޓްކުރީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރައްވާ ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ގުޅިގެނެވެ. މަޖިލީހުގެ އިދާރާއިން މި ޓްވިޓްކުރީ އިދިކޮޅު ފަރާތްތަކުން ޗާގޯސް މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ގުޅިގެނެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިކަމާއި ނުރުުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގުޅިފައިވާ ސިޔާސީ ޕާޓީތައް ކަމަށްބުނެ" މަޖިލިސްއިން ޓްވީޓް ނުކުރެވޭނޭކަމަށެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އަސްލު މެމްބަރެއްވެސް ނެތްކަމަށް ޝިފާއު ވިދާޅުވިއެވެ.

"އަދި މިތާކު ހަގީގީ އެމް.ޑީ.ޕީ އެއްވެސް ބޭފުޅަކު ނެތް، މުޅިންވެސް ތިބީ އެމް.ޑީ.ޕީ އުފެއްދުމަށް ދެކޮޅު ހެދި ފަރާތްތައް" ޝިފާއު ވިދާޅުވިއެވެ.



އިދިކޮޅު ފަރާްތްތަކުން މިއަދު މަޖިލީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ސަރުކާރުގެ ވެރިންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅޭގޮތުންނެވެ.

އެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަމަށް ބުނެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ހާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާނެކަމަށްވެސް އެ ބައްދަލުވުމުގައި ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން