ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމާއި ގުޅިގެނެވެ.

ޝަރީފް ވިދާޅުވީ ޗާގޯސް މައްސަލައިގައި ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު އަމަލުކުރެއްވީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަށްކަމަށެވެ. އަދި އޭޖީގެ މަސައްކަތުން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު މިންވަރު ހޯދާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީި އިޓްލޮސްގައި ބަންޑާރަ ނާއިބުގެ ޓީމުން މަސައްކަތްކުރީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރަންކަން އިޓްލޮސްގެ ނިންމުމުން ހާމަވާކަމަށެވެ. ނަމަވެސް އިނގިރޭސި ކިޔަން ނޭނގޭ ވަކީލުންނަށް އެކަން ނޭނގޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ޓްވީޓްގައި ވަނީ އިޓްލޮސްގެ ނިންމުން އައީ ރާއްޖެއިން ބޭނުންވި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށްކަންވެސް ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައިވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ޗާގޯސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ވަނީ ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އަދި ރައީސް ސާލިހާއި ހާރިޖީ ވަޒީރު ޝާހިދުގެ މައްސަލައެއްވެސް މަޖިލީހަށް ހުށަހަޅާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން