އަމީނީ މަގުގައި ތާރު އަޅަން ބޭނުންކުރާ ތާރު މެޝިން ހުޅުމާލޭގައި ބަހައްޓައިފި އެވެ.

އަމީނި މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީން 2022 ވަނަ އަހަރުގެ އޯގަސްޓު 30 ގައި ފެށި ނަމަވެސް، ތާރު އަޅަން ގެނައި މެޝިން ބަހައްޓާނެ ބިން ނުލިބުމުގެ ސަބަބުން އެ މަސައްކަތް ވަނީ ލަސްވެފައެވެ. އެހެންކަމުން އެމަގުގެ ފުރަތަަމަ ތިން ސެގްމަންޓުގައި ތާރު އެޅީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

އަމީނީ މަގުގައި ތާރު އަޅަން ބޭނުންވާ އާރްޑީސީގެ މެޝިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ބަހައްޓާފައިވާއިރު، އެ މެޝިންތައް ބޭނުންކުރަން ދަނީ ތައްޔާރުވަމުންނެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު 210 ދުވަސް ތެރޭގައި ނިންމާ ގޮތަށް އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެވެ.

ޕްލޭނިން މިނިސްޓްރީން އެންމެ ފަހުން ބުނެފައި ވަނީ އަމީނީމަގުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނީ މި އަހަރުގެ ސެޕްޓެމްބަރު ފަހުކޮޅަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން