ހުޅުމާލޭން ހިއްކަން އުޅޭ ސަރަޙައްދުގެ އިޚްތިޞާސް ލިބިގެންވަނީ މާލެ ސިޓީ ކައުންސިލަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިއްޔެ ވިދާޅުވީ ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަކަމަށެވެ. ނަމަވެސް، އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ފަޅުން ހިއްކުމަށް މަޝްވަރާކުރެވެމުންދަނީ މީގެ ކުރިން ކްރޫޒް ޓާމިނަލް ހެދުމަށް ހާއްސަކޮށްފައި އޮތް ސަރަޙައްދެވެ.

އެކަމާ ގުޅިގެން މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، ހުޅުމާލޭން ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަހައްދުގެ އިޚްތިޞާޞް އޮތީ މާލޭ ސިޓީ ކައުންސިލަށް ކަމަށެވެ. އަދި އެ ސަރަޙައްދު އާބަންކޯއަށް ރެޖިސްޓްރީކޮށްފައި ނުވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ހިއްކަން އުޅޭކަމަށް ބުނާ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސް ގެ ތެރޭގައި ހިމެނޭ ސަރަހައްދެއް،" މުއިއްޒު ވިދާޅުވި އެވެ.



މާލޭގައި ދިރިއުޅޭ މީހުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިބިދިނުމަށް ގާނޫނާއި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ހުޅުމާލޭ މާސްޓާޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދައުލަތުގެ އެންމެހާ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް މިކަން ކުރަން މަސައްކަތް ކުރަނީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އެ ކައުންސިލާ މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ވެސް މުއިއްޒު ބުނެފައިވެ އެވެ. މުއިއްޒު ވަނީ މިކަން އިސްލާހުކޮށް، މަޝްވަރާގެ މަތީން ގާނޫނާ ގަވާއިދުގެ ތެރެއިން އަމަލު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަށްވާފައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި މީހުން އާބާދު ކުރަން ފެށި ހުޅުމާލޭގެ އިތުރު ފޭސްއެއް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ހިއްކާފައެވެ. އަދި އެތަނުގައިވެސް އެތައް ހާސް ބަޔަކު މިހާރު ވަނީ އާބާދުވެފައެވެ. މިއާއެކު ހުޅުމާލެއަކީ ރާއްޖޭގައި މިހާރު އެންމެ ބާރަށް މީހުން އާބާދު ވަމުން އަންނަ ސަރަހައްދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން