ހުޅުމާލޭގައި އިމާރާތްކުރަމުންދާ ލަގްޒަރީ ފްލެޓް، ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި ހިޔާނާތްތެރިވިކަމަށް ބުނާ މައްސަލައިގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ކޭ-ޕާކުން ބަޔަކަށް ހިޔާނާތްތެރިވިކަމަށް ބުނާ މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހެޅީ އާބަންކޯއިންނެވެ.'

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭޕާކުން 110 އެޕާޓްމަންޓް ތަރައްޤީކުރާއިރު، އެއަށްވުރެ އިތުރަށް 60 އެޕާޓްމަންޓް ވަނީ ވިއްކާފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުރަތަމަ ހިފެހެއްޓީ، ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ އިތުރުން ތަހުގީގަށް އިތުރު ދެ މީހެއްގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވާ ކަމަށެވެ. އެއީ ޖައިޝާން ސައީދުނަމަކަށް ކިޔާ މީހަކާއި ހަންބޯ ކުންފުނީގެ ބިދޭސީއެއްގެ ޕާސްޕޯޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖައިޝަންއަކީ ޕްރޮޖެކްޓް ހިންގުމުގައި މައިނޯރިޓީ ހިއްސާ އޮންނަ ކޯދި އިންވެސްޓްމެންޓްގެ ހިއްސާދާރެކެވެ.

މި މައްސަަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެެވެ. ނަމަވެސް ފުލުހުން ވަނީ މިމައްސަލައިގެ މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެެވެ.

މި މައްސަލައިގައި ތުހުމަތުގެ އިނގިލި ދިއްކުރެވޭ މަންޑޭ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނީ މިއީ ކުންފުނީގެ އަނެއް ހިއްސާދާރުގެ ރޭވުމަކުން ކުރި ކަމެއްކަަމަށެވެ. ނަމަވެސް ތަކުރާރުކޮށް ވިއްކި ބައެއް ފްލެޓް ތަކުގެ ފައިސާ ސީދާ މަންޑޭގެ އަމިއްލަ އެކައުންޓަށް ބައެއް މީހުން ލައްވާ ޖަމާ ކުރުވާފައިވާކަން އެފަދަ ފަރާތްތަކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން