މާސްޓަރ ޕްލޭނަށް ބަދަލުތަކެއް ގެނެސް، ހުޅުމާލެ އިތުރު ސަރަހައްދެއް ހިއްކުމުގެ މަޝްވަރާތައް ފަަށައިިފިއެވެ.

އަރބަންކޯގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެ ކުންފުޏާއި ސަރުކާރުން ކުރަމުން އަންނަކަމަށެވެ. ނަމަވެސް، އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްވަރާކުރަމުންދަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް ސަފާރީ އަޅާ ފަޅު ހިއްކުމަށެވެ.

މާސްޓަޕްލޭންގައިވާ ގޮތުން އެތަނަކީ ކްރޫޒް ޓާމިނަލެއް ހަދަން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް އެ ޕްލޭން ބަދަލުކުރި ސަބަބެއް ނޭނގެއެވެ. އަދި އަލަށް ހިއްކުމަށް ނިންމާ ސަރަހައްދުގައި ކުރާނެ މަސައްކަތުގެ މައުލޫމާތެއްވެސް ނުލިބެއެެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި މީހުން އާބާދު ކުރަން ފެށި ހުޅުމާލޭގެ އިތުރު ފޭސްއެއް ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ހިއްކާފައެވެ. އަދި އެތަނުގައިވެސް އެތައް ހާސް ބަޔަކު މިހާރު ވަނީ އާބާދުވެފައެވެ. މިއާއެކު ހުޅުމާލެއަކީ މިހާރު އެންމެ ބާރަށް އާބާދު ވަމުން އަންނަ ސަރަހައްދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން