ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރީގެ ނޫސްވެރިޔާ އަަޒްމޫން އަހްމަދު ހަމަޖައްސައިފިއެވެ.

އޭނާ މިހާތަނަށް ހުންނެވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޕާސަނަލް އެސިސްޓެންޓްގެ މަގާމުގައެވެ.

އަޒްމޫން ޔޫތު މިނިސްޓަރުގެ ނައިބު ކަމަށް އައްޔަންކުރިކަން ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ހާމަކޮށްފައެވެ.

ޔޫތު މިނިސްޓްރީގައި އަޒްމޫނާއެކު 3 ނައިބުން ތިއްބަވާނެއެވެ.

ޑެޕިއުޓީ މިނިސްޓަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި -/18000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި -/12500 އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރުފިޔާ ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން