އެންމެ ބޮޑަށް އިންވެސްޓްކުރަންޖެހޭނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ މިއަދު ރާއްޖޭގަެއި ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާތުގައި ފޮނުއްވި މެސެޖެއްގައެވެ.

ގާސިމްގެ މެސެޖުގައި، ކުޑަކުދިންގެ ދުވަހުގެ އެންމެހާ ހެޔޮ އެދުންތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އެންމެހާ ކުޑަކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް ވަނީ ފޮނުއްވާ ފައެވެ.



ގާސިމް ވިދާޅުވީ އުޖާލާ މާދަމާއެއް ހޯދުމަށްޓަކައި ދިވެހި މައިންބަފައިންނާއި ބެލެނިވެރިން މިއަދު ކުރަންޖެހޭ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ، ނުވަތަ ހޭދަ ކުރަން ޖެހޭނީ ކުޑަކުދިންގެ ހަައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށް އެކުދިންނަށް އިސްލާމީ ރިވެތި އަޚްލާޤުގެ ފުރިހަމަ ތަރުބިއްޔަތުދީ އެއީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ކަމަށެވެ.

ގާސިމް ވިދާޅުވީ އުފާވެރި އަދި ބާއްޖަވެރި މާދަމައެއް އެދޭނަމަ މުޅި މުޖުތަމަޢުގެ ހިފެހެއްޓުމެއް ނެތް ލޯތްބާއި އަޅާލުން އެންމެ ބޮޑަށް ލިބިދޭން ޖެހޭނީ މާދަމާ މި ޤައުމުގެ އެންމެހާ ކަންކަމުގައި ބަސްކިޔާން ތިބޭނޭ މިއަދުގެ ކުޑަކުދިންނަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން