ހެލްތު މިނިސްޓްރީން އަތޮޅުތެރޭގެ 112 ހެލްތު ސެންޓަރަކަށް 20 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާކޮށްފިއެވެ.

ހެލްތުން މިނިސްޓްރީން އަތޮޅުތެރޭގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ 112 ހެލްތު ސެންޓަރަކަށް ހަދިޔާކޮށްފައިވަނީ ލޭ އެޅުމަށް ބޭނުންވާ ސާމާނެވެ. އޭގެތެރޭގައި، ބްލަޑް ބޭންކް ރެފްރިޖަރޭޓަރއާއި, ބްލަޑް ކަލެކްޝަން މޮނިޓަރާއި, ޝޭކާ އާއި ޕްލެސެންޓާ އެކްސްޓްރެކްޓަރާއި، ވޭން މެޝިން ހިމެނެއެވެ.

މިތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރާއި މަޖިލިސް މެމްބަރުންނާއި ބައެއް ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވިއެވެ.



ރަށްރަށަށް ހަދިޔާ ކުރެވުނު މިތަކެއްޗާއެކު ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމުގައިވާ ސިއްޙީ ފަރުވާ އަތޮޅުތެރޭގައި ފުޅާކޮށް ފަރުވާއަށް މާލެއަށް ބަރޯސާވުން ހުއްޓުވުމަށް ބޮޑު ބާރަކަށްވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރައްވައެވެ.

ސަރުކާރުގެ މިއަމާޒަށް ވާޞިލުވުމަށް ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން