ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައިސީސީޔޫ ހުޅުވައިފިއެވެ.

އަތޮޅު ހޮސްޕިޓަލްތަކުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ 10000 މީހުންގެ އާބާދީއެއް އޮތް ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން، ކައިރި ހުރިހާ އަތޮޅެއްގެ މީހުން ބަރޯސާވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށެވެ.

އެހޮސްޕިޓަލަށް އެވްރެޖްކޮށް ދުވާލަކު 350 އާއި 400 މީހުުން އެކި ބޭނުންތަކުގައި ޑޮކްޓަރަށް ދައްކައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ ހޮސްޕިޓަލުގައި އައިސީސީޔޫގެ ހިދުމަތް ސަރުކާރުން ވަނީ ފަށާފައެވެ.

މި ހިދުމަތް ފައްޓަވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްއެވެ.



ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީސީޔޫ ހުޅުވާފައިވަނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. .އަދި މިތަން ހޮސްޕިޓަލްގެ ކާނި ވިންގުގައި ހުޅުވާ އައިސީސީޔޫއެކެވެ.

އައިސީސީޔޫގެ ޚިދުމަތް ފެށުމަށް، އައިސީސީޔޫއަށް ޚާއްސަ ޓީމެއްވެސް ހޮސްޕިޓަލްގައި ވަނީ އެކުލަވާލާފައެވެ. މިޕްރޮޖެކްޓަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ 3 ބުރީގެ އައު އިމާރާތާއެކު 36 އެނދުގެ ޖާގަ ހޮސްޕިޓަލަށް ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ތިރީ ފަންގިފިލާ ބޭނުންކުރަނީ، 15 އެނދުގެ ކުޑަކުދިންގެ ވޯޑެއްގެ ގޮތުގައެވެ. ދެވަނަ ފަންގިފިލާގައި 15 އެނދުގެ މެޑިކަލް ވޯޑްގެ އިތުރުން އެންމެ މަތީ ފަންގިފިލާގައި 6 އެނދުގެ އައިސީސީޔޫއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން