އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލީ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ޢަލީ ނަޝާތުގެ ދައުރު ޖުލައިމަހު ހަމަވާތީއެވެ.

5 އަހަރުގެ ދައުރަކަށް އައްޔަންކުރައްވާ ކޮމިޝަނުގެ މެމްބަރުކަމަށް ޢަލީ ނަޝާތު އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުއެވެ.

ރައީސް އޮފީހުން ބުނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 މޭ 17 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރު 13:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރައްވަނީ ރައީސް އޮފީހުން ނަން ފޮނުވުމުން، މަޖިލީހުން ރުހުން ދެއްވުމުން، ރައީސުލްޖުމްހޫރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން