ވަޒީފާގެ ބާޒާރަށް ޒުވާނުން ތައްޔާރުކުރުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މުހިއްމު ވައުދެއްކަމަށް ޒުވާނުންނާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މެރިއޮޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަހްލޫފް ވިދާޅުވީ ޒުވާނުން ގާބިލް ބަޔަކަށް ހަދާ، ވަޒީފާގެ ބާޒާރަށް ޒުވާނުން ތައްޔާރުކުރުމަކީ ރައީސްގެ މުހިއްމު ވައުދެއްކަމަށެވެ.
މަހްލޫފް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވެފައިވާ 762 ބައިވެރިންނާއި އިތުރު 100 ޒުވާނުން ގުޅިފައިވާކަމަށެވެ. އަދި މިކަމުގައި އެހީތެރިވާ ފަރާތްތަކަށް މަހްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ޤައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑު އެމްޕަވަރމަންޓާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓު އޮތޯރިޓީ (މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން) ގުޅިގެންނެވެ.

Preparing the youth for the job market is a key pledge of President @ibusolih.
— Ahmed Mahloof (@AhmedMahloof) May 9, 2023
Yesterday, 100 more youth have joined the existing 762 apprentices who are actively participating in the program.
Grateful to @MarriottIntl for partnering with @MoYSCEmv to provide world-class… pic.twitter.com/CwLdp8YR6p
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ޤައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑު އެމްޕަވަރމަންޓާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓު އޮތޯރިޓީ (މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން) ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު