"ޗާގޯސް" މައްސަލައިގައި ސިޔާސީ މަޝްރަޙު ހޫނުކޮށް ގައުމު ހަލަބޮލިކުރަން އުޅޭ އެއްވެސް މީހަކީ ގައުމަށް ހެވެއް އެދޭ މީހެއް ނޫން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ކަނޑުގެ ޤާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޮސްގެ އިންކަނޑައެޅުމުގެ މައްސަލާގައި ރާއްޖެއިން ބޭނުންވާ ގޮތަށް ހުކުމް ކުރުމާގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރާއްޖޭން އެ މައްސަލާގައި ވަކާލާތުކޮށްފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަޙަތު ޙިމާޔަތް ކުރުމަށް ނޫންކަމަށެވެ.
އެމައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ސަރުކާރުން ދޫކޮށްލީ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ ތަކާއި ގުޅިގެން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ "ޗާގޯސް" އޭ ކިޔައިގެން ސިޔާސީ މަޝްރަޙު ހޫނުކޮށް ގައުމު ހަލަބޮލިކުރަން އުޅޭ އެއްވެސް މީހަކީ ގައުމަށް ހެވެއް އެދޭ މީހެއް ނޫން ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދައްކާ އެއްވެސް ސިޔާސީ ބޭފުޅަކަށް ރައީސުލްޖުމުހޫރިއްޔާކަން ނުވަތަ ސަރުކާރުގެ ޒިންމާދާރު އެހެން މަގާމެއް ދޭން ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ އިދިކޮޅު ފަރާތްތަކުން ގައުމު ސުންނާފަތިކޮށް ވެރިކަމަށް އައުމަށް ކުރާ މަސައްކަތް ކުށްވެރިކުރަށްވާފައެވެ.
"އިދިކޮޅު މި ފަތުރާ ވިހަ އެތައް ޒަމާނަކަށް ދެމިގެން ހިނގައިދާނެ، ހުރިހާ ގެއްލުމެއް ވާނީ ދިވެހި ރައްޔިތުންނަށް،" އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސާލިޙުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެސް އިންތިޚާބު ތައް ކާމިޔާބުކުރަން މަސައްކަތް ކުރަންވީ ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތައް ހުށައަޅައިގެން ކަމަށެވެ.
އޭގެ ބަދަލުގައި އިދިކޮޅުން ވެރިކަމަށް އަންނަން މަސައްކަތް ކުރަނީ ގައުމު ފިތުނަކޮށް އަވައްޓެރި ގައުމުތަކާއި މެދު ބުރޫއަރާ ޒާތުގެ ވާހަކަ ދައްކައި ގައުމީ ސަލާމަތަށް ނުރައްކާ ވާވަރުގެ ޕްރޮޕެގެންޑާ ފަތުރައިގެން ނޫންކަމަަށް ޝަރީފް ވިދާޅުވިއެވެ.

Gaumu fithuna nukuriyas,avatteri gaumu thakaaeku onnan jehey gulhumah burooaraa zaathuge vaahaka nufethuriyas,gaumee salaamathah nurakkaa vaavaadha dhogu propaganda nufethuriyas kuriyahhuri inthikhaabu kaamiyaabu veytho Idhikolhun rayyithunnah faidhaavaa siyaasathu husha alhanvee
— Ibrahim Shareef (@AdduShareef) May 9, 2023
"އިދިކޮޅު މި ފަތުރާ ވިހަ އެތައް ޒަމާނަކަށް ދެމިގެން ހިނގައިދާނެ، ހުރިހާ ގެއްލުމެއް ވާނީ ދިވެހި ރައްޔިތުންނަށް،" އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސާލިޙުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެސް އިންތިޚާބު ތައް ކާމިޔާބުކުރަން މަސައްކަތް ކުރަންވީ ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތައް ހުށައަޅައިގެން ކަމަށެވެ.
އޭގެ ބަދަލުގައި އިދިކޮޅުން ވެރިކަމަށް އަންނަން މަސައްކަތް ކުރަނީ ގައުމު ފިތުނަކޮށް އަވައްޓެރި ގައުމުތަކާއި މެދު ބުރޫއަރާ ޒާތުގެ ވާހަކަ ދައްކައި ގައުމީ ސަލާމަތަށް ނުރައްކާ ވާވަރުގެ ޕްރޮޕެގެންޑާ ފަތުރައިގެން ނޫންކަމަަށް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު