ފަރުތައް މަރުވެއްޖެނަމަ ރާއްޖެ ނެތިދިއުމަށް ފުރުސަތު އެބައޮތްކަމަށް އެންވަޔަރމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިހާރު ފެށިގެން ކުރިއަށްދާ 7 ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ، ރާއްޖޭގެ ޖަޒީރާތައް އުފެދިފައިވަނީ ފަރުތަކާއި މުރަކަތަކުގެ މަތީގައި ކަމަށާއި، ފަރުތައް މަރުވެއްޖެނަމަ ރާއްޖެ ނެތިދިއުމަށް ފުރުސަތު އެބައޮތްކަމަށެވެ.
ޝައުނާ ވިދާޅުވީ ފަރުތައް އަޅުގަނޑުމެން ރައްކާތެރިކުރާކަމަށާއި، އެތަކެތިން ކާނާ ލިބޭކަމަށެވެ. އަދި އެ ފަރުތަކުންވެސް ދިވެހިންނަށް އާމްދަނީ ލިބޭކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ. ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވަމުންދާ ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ޝައުނާ ވަނީ މީގެ ކުރިން ތަޖުރިބާ ނުކުރާ މިންވަރަށް ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ހޫނުވަމުންދާ ކަން ފާހަގަކުރަށްވާފައެވެ. އަދި ރާޅުތައް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ގިރަމުންދާކަމަށާއި، މުރަކަތައް މަރުވަމުންދަނީ ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ކަމަށް ޝައުނާ ވިދާޅުވިއެވެ.

Minister @anuahsa provided a keynote speech at the Asia-Pacific Broadcasting Union Summit, highlighting the impacts of climate change on Maldives, and the efforts undertaken to mitigate and adapt to a world being transformed by the climate crisis. @ABU_HQ #ABUMediaSummit pic.twitter.com/VzvV2xheP5
— Min. of Environment, Climate Change and Technology (@MoEnvmv) May 9, 2023
ޝައުނާ ވިދާޅުވީ ފަރުތައް އަޅުގަނޑުމެން ރައްކާތެރިކުރާކަމަށާއި، އެތަކެތިން ކާނާ ލިބޭކަމަށެވެ. އަދި އެ ފަރުތަކުންވެސް ދިވެހިންނަށް އާމްދަނީ ލިބޭކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ. ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވަމުންދާ ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ޝައުނާ ވަނީ މީގެ ކުރިން ތަޖުރިބާ ނުކުރާ މިންވަރަށް ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ހޫނުވަމުންދާ ކަން ފާހަގަކުރަށްވާފައެވެ. އަދި ރާޅުތައް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ގިރަމުންދާކަމަށާއި، މުރަކަތައް މަރުވަމުންދަނީ ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ކަމަށް ޝައުނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު