ޖުމްހޫރީ ޕާޓީން އެކި ޕާޓީތަކާއެކު ބާއްވަމުންދާ ކޯލިޝަން މަޝްވަރާތަކުން އުއްމީދީ ނަތީޖާތަކެއް ލިބޭނެކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އިރުތިޝާމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޖުމްހޫރީ ޕާޓީން ވަރަށް ބާރަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ޕާޓީން މިހާރު ތައްޔާރުވަމުންދަނީ ޖޫންމަހުގެ 1 ވަނަ ދުވަހު ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް އެރުވުންކަމަށެވެ. އަދި ހަމަ އެދުވަހު ޖޭޕީގެ ރިޔާސީ ކެމްޕެއިން ފަށާނެކަންވެސް އިރުތިޝާމް ފާހަގަކުރެއްވިއެެވެ.



އިރުތިޝާމް ވިދާޅުވީ ޖޭޕީން އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރަމުންދާއިރު ކޯލިޝަން މަޝްވަރާތަކުން އުއްމީދީ ނަތީޖާތަކެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށާފައިވާއިރު، އެ ޕާޓީގެ އަންހެނުންގެ ރޫހުންވެސް ދަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން އަންހެނުންގެ ރޫހަށް މެންބަރުން އިތުރުކޮށް، ޕާޓީގެ ހަރަކާތް ވަނީ ފުޅާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު