ޗާގޯސް މައްސަލައިގެ މައުލޫމާތު އެއްކުުރުމުގެ މަސައްކަތް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބުނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް މުސްލިމް ނޫން ދައުލަތަކަށް ދިވެހި ސަރުކާރުން ދޫކޮށްލާފައިވާކަމަށް ބުނާ މައްސަލައިގައި މައުލޫމާތު ހޯދަމުންދާކަމަށެވެ.
ޗާގޯސް މައްސަލައިގައި މައުލޫމާތު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރޭގެ ވަގުތެއްގައި ވަނީ ޕީޕީއެމް އާ ބައްދަލުކޮށް މުހިއްމު މަޢުލޫމާތުތަކެއް އެއްކޮށްފައެވެ.
މިބައްދަލުވުމުގައި އިލްމުވެރިންގެ ގުޅުމުގެ އިސް ބޭފުޅުންގެ އިތުރުން، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނާއިބު ރައީސް އަހުމަދު ޝިޔާމް މުހައްމަދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޕީޕީއެމްގެ އިތުރުން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިއްޔެ ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޙުސައިނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ރާއްޖެއަށް ޤާނޫނީ ގޮތުން ލިބިފައި އޮތް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލުނު ކަމަށްބުނާ މައްސަލައިގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދެއްކުމަށް އެޕޮއިންޓްމެންޓަށް އެދި ޢިލްމުވެރިންގެ ގުޅުމުން ވަނީ އިސްލާމިކް މިނިސްްޓްރީ، ފޮރިން މިނިސްޓްރީ އަދި ބަންޑާރަ ނައިބުގެ އޮފީހަށްވެސް ހުށަހަޅާފައެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލާފައިވާ މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން މިއަދު ވަނީ ޕީޕީއެމް އާ ބައްދަލުކޮށް މުހިއްމު މަޢުލޫމާތުތަކެއް އެއްކޮށްފައެވެ. pic.twitter.com/JRDRmKe5Di
— 𝐈𝐥𝐦𝐮𝐯𝐞𝐫𝐢𝐧𝐠𝐞 𝐆𝐮𝐥𝐡𝐮𝐧 (@ilmugeGulhun) May 9, 2023
މިބައްދަލުވުމުގައި އިލްމުވެރިންގެ ގުޅުމުގެ އިސް ބޭފުޅުންގެ އިތުރުން، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނާއިބު ރައީސް އަހުމަދު ޝިޔާމް މުހައްމަދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޕީޕީއެމްގެ އިތުރުން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިއްޔެ ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޙުސައިނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
ރާއްޖެއަށް ޤާނޫނީ ގޮތުން ލިބިފައި އޮތް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލުނު ކަމަށްބުނާ މައްސަލައިގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަ ދެއްކުމަށް އެޕޮއިންޓްމެންޓަށް އެދި ޢިލްމުވެރިންގެ ގުޅުމުން ވަނީ އިސްލާމިކް މިނިސްްޓްރީ، ފޮރިން މިނިސްޓްރީ އަދި ބަންޑާރަ ނައިބުގެ އޮފީހަށްވެސް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު