ރިޔާސީ އިންތިހާބުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވާދަކުރެއްވުމާއި ގުޅޭގޮތުން ބައެއް މީހުން ޝައްކު އުފައްދަނީ އެޕާޓީއާއި ގުޅެން ބޭނުންވާ މީހުން ފަހަތަށް ޖެއްސުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން މިރޭ ވިދާޅުވެއްޖެއެވެެ.
ޖުމުހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވީ އެޕާޓީގެ ލީޑަރު ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. އެ ޔަގީންކަން އެމަނިކުފާނު މިއަދު ޕާޓީގެ ކައުންސިލް މެމްބަރުންނަށް ދެއްވާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވަނީ ގާސިމް އިންތިޚާބުގައި ވާދަކުރުމާއި މެދު ޝައްކު ނުކުރެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"އެމަނިކުފާނު ( ގާސިމް) އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނެ.، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ގިނަ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމާ އެކީގައި މިފަހަރުގެ ރޭސް އެމަނިކުފާނު ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ކާމިޔާބުވެސް ކުރައްވާނެ،" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެތޯ ބައެއް މީހުން ޝައްކު އުފައްދަމުން ގެންދަނީ ޖުމްހޫރީ ޕާޓީއާ ގުޅެން ބޭނުންވާ މީހުން ފަހަތަށް ޖެއްސުމަށް ނުވަތަ ހުއްޓުވުމަށް ކަމަށެވެ. އަދި ގާސިމަށް ތާއީދުކުރާ މީހުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމުގެ މަގުސަދަކަށް އެކަން ވެދާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕޭން އަދި ރަސްމީކޮށް ނުފެށި ނަމަވެސް ޕާޓީގެ އެތެރޭގައި ކެމްޕޭންގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އެ މައުލޫމާތު ނުލިބޭނަމަ ބައެއް މީހުންނަށް ސުވާލު އުފެދޭ ކަންތައްތަކެއް ހުރުން އެކަށީގެންވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އާއެކު މިރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެެ. އެބައްދަލުވުމާއި ގުޅޭގޮތުން އަމީން ވިދާޅުވީ ކުރިއަށް އޮތްތާގައި އެޕާޓީއާއެކު އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އެޕާޓީ އާއި ގުޅިގެން ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް އަމީން ވިދާޅުވިއެވެ.

މާމިލިގިލި ދާއިރާގައި ހިމެނޭ އދ މާމިގިލި އަދި ފެންފުއްޓަކީ ޒަމާނުއްސުރެ ޖުމްހޫރީ ޕާޓީއަށާއި އަދި އަޅުގަނޑުގެ ސިޔާސީ މަސައްކަތްތަކަށް ނުހަނުބޮޑު ތާއީދެއް ދެއްވަވަމުން ގެންދަވާ ރައްޔިތަކު ދިރިއުޅުއްވާ ދެ ރަށެވެ. އިއްޔެވެސް 72 މެމްބަރުން އަޅުގަނޑުމެންނާއި ގުޅިފައިވާ އިރު ފާއިތުވި… pic.twitter.com/MXxLUSldg6
— Qasim Ibrahim (@qasimibrahim) May 8, 2023
"އެމަނިކުފާނު ( ގާސިމް) އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާނެ.، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ގިނަ ރައްޔިތުންގެ ތާއީދާއި އެއްބާރުލުމާ އެކީގައި މިފަހަރުގެ ރޭސް އެމަނިކުފާނު ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ކާމިޔާބުވެސް ކުރައްވާނެ،" އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެތޯ ބައެއް މީހުން ޝައްކު އުފައްދަމުން ގެންދަނީ ޖުމްހޫރީ ޕާޓީއާ ގުޅެން ބޭނުންވާ މީހުން ފަހަތަށް ޖެއްސުމަށް ނުވަތަ ހުއްޓުވުމަށް ކަމަށެވެ. އަދި ގާސިމަށް ތާއީދުކުރާ މީހުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމުގެ މަގުސަދަކަށް އެކަން ވެދާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕޭން އަދި ރަސްމީކޮށް ނުފެށި ނަމަވެސް ޕާޓީގެ އެތެރޭގައި ކެމްޕޭންގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އެ މައުލޫމާތު ނުލިބޭނަމަ ބައެއް މީހުންނަށް ސުވާލު އުފެދޭ ކަންތައްތަކެއް ހުރުން އެކަށީގެންވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އާއެކު މިރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެެ. އެބައްދަލުވުމާއި ގުޅޭގޮތުން އަމީން ވިދާޅުވީ ކުރިއަށް އޮތްތާގައި އެޕާޓީއާއެކު އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އެޕާޓީ އާއި ގުޅިގެން ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް އަމީން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު