ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުުކުރާނެ ތާރީހު އިއުލާންކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ޖޫންމަހުގެ 1 ވަނަ ދުވަހު އޮންނާނެކަމަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ ޖޫން 1 ވަނަ ދުވަހުވެސް ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުންވެސް އޮންނާނެކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އެރުވުން ޖޫން އެއް ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެއްސިއިރު އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސާލިހާއި ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް ޔާމީނަށް މިހާރު ވަނީ ރިޔާސީ ޓިކެޓް އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު