ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކުގެ އިސްތިއުނާފާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިންމާލައިފިއެވެ.
ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.
މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދައުލަތުން ހުށަހެޅި ބައެއް ހެކި ބަލައިނުގަތުމަށާއި ދައުލަތުގެ ބައެއް ހެކިތައް ސިއްރުނުކޮށް ހާމަކޮށްދިނުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުން ކްރިމިނަލް ކޯޓުން ޤަބޫލުނުކުރި މައްސަލައެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމެވުމަށް ތާއީދުކޮށްފައެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެއެވެ.
ހައިކޯޓުގެ ނިންމުން ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތާއި، ދައުވާ ރައްދުވާ ފަރާތްތަކުން ގާނޫނީގޮތުން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ތަފްސީލްކޮށްދިނުމަށް ފުރުސަތު ދެއްވިއެވެ. އަދި ދެ ފަރާތަށްވެސް ވަނީ ރައްދު ދިނުމަށްވެސް ފުރުސަތު ދެއްވާފައެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތަަށްވެސް ވާހަކަ ދެއްކެވެވުމަށް ފުރުސަތު ދެއްވުމަށްފަހު ވަނީ އަޑުއެހުންތައް ނިންމަވާލައްވާފައެވެ. އަދި އަންނަ ހޯމަދުވަހު މިމައްސަލައިގައި ހުކުމް އިއްވަވާނޭކަމަށްވެސް މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުންތައް މަޑުޖައްސަވާލެއްވުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމަވާފައެވެ.
ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރަށްވާފައެވެ. އަދި ދެފަރާތުންވެސް ވަނީ މައްސަލާގައި ހެކި ހުށައަޅައިފައެވެ. އެގޮތުން މި މައްސަލައިގައި ދައުލަތުން ރައީސް ޔާމިނާއި ދެކޮޅަށް 82 ހެކި ވަނީ ހުށަހަޅާފައެވެ. އަދި ރައިސް ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުގެ ޤާޟީ އަލީ ނަދީމް ނިންމަވާފައިވަނީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި ގުޅިގެން ދަށު ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން ޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.
ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ފައިސާގެ ގޮތުގައި ހިމެނޭ 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.
މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީއެވެ.
އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު