މިއަހަރުގެ ރިޔާސީ އިންތިހާބަށް ގިނިކަންޏާވިޔަސް ނިކުމެވަޑައިގަންނަވާނޭ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ އެމަނިކުފާނު އިންތިހާބުގައި ވާދަނުކުރައްވާނެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާނެކަމަށް ގަބޫލު ކޮށްގެން ނުވާނެކަމަށެވެ.
ގާސިމް ވިދާޅުވީ ގިނިކަންޏާ ނަމަވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަން ސޯޝަލް މީޑިއާގައި ސާފުކޮށް ހިއްސާ ކޮށްދެއްވަން ކައުންސިލްގެ މެމްބަރުންގެ ގާތުން ގާސިމް އެދިވަޑައިގަތް ކަމަށްވެސް ޖޭޕީގެ ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ގާސިމް ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުންވެސް ގުޅެމުންދާކަން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު