މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އާއެކު މިރޭ ބައްދަލުކުރަން ނިންމައިފިއެވެ.

މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.

ރިޔާސީ އިންތިހާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރަށްވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖޭޕީން ދިން ދައުވަތާއި ގުޅިގެން އެ ޕާޓީއާ މަޝްވަރާ ކުރަން އެމްޓީޑީން މީގެ ކުރިން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެ ޕާޓީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފް އަދި ލީގަލް އެޑްވައިޒަރު މުހައްމަދު ހަލީމެވެ.



ކިޔުންތެރިންގެ ހިޔާލު