ތިލަމާލެެ ބްރިޖް މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރު ނުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ޓްރާންސްޕޯޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ–ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެއާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު، ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވީ ނަމަވެސް މިހާރަކަށް އައިސް ގިނަ އުޅަނދުތަކުން މި ކަނޑުއޮޅި ބޭނުންކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެމިނިސްޓްރީން ބުނީ ވިލިމާލެ ބުރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް ޓްރާންސްޕޯޓުން ނެރުނު އިއުލާނުގައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެ ފަރާތެއްގެ ލައިސަންސް މަސްދުވަހަށް ހިފެހެއްޓޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު