ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގިނަ ބަޔަކު ގުޅެމުންދާތީ އެކަން ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.



ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއެކު ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ގިނަ ބަޔަކު ޕާޓީއާ ގުޅިވަޑައިގަންނަވަމުންދާކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ގާސިމް ވަނީ ދައުވަތު ދެއްވާފައެވެ.



މިއަދުވެސް ގިނަބަޔަކު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އޭގެތެރޭގައި އދ.މާމިގިނލިން ޖޭޕީއާ ގުޅުނު 72 މީހަކުވެސް ހިމެނެއެވެ. މީގެއިތުރުން ކުރީގެ މަޝްހޫރު ގޯލް ކީޕަރު އަސްލަމް އަބްދުއްރަހީމްވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު