މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ރ. ކިނޮޅަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 55.46 މިލިއަން ރުފިޔާއަށް ސަރުކާރުން މި ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
678 މީހުންގެ އާބާދީގެ ރ. ކިނޮޅަހުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށް އުޅެނީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެގޮތުން ރަށުގައި ކަންނެލި މަސްވެރިކަން ކުރާ 3 އޮޑިފަހަރު އޮންނައިރު، ކަނޑުމަހުގެ މަސްވެރިކަން ކުރާ އެއް އޮޑި އޮވެއެވެ.
ދަނޑުވެރިކަމަށް ބަލާލާއިރު، ކައުންސިލުން ދޫކޮށްފައިވާ 4000 އަކަފޫޓުގެ 62 ބިމުގައި މިހާރުވެސް ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރަމުންދާކަމަށް ކިނޮޅަހު ކައުންސިލުން މަޢުލޫމާތުދެއެވެ.
ކިނަޅޮހަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހަންމަލު ކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން ދެ މޫސުން ބަދަލުވާއިރު ރަށުގެ ނެރަށް ވެލި ވަނުމުގެ ސަބަބުން ބަނދަރު ތިލަވެ، ނެރު ބެދުމަކީ މީގެ ކުރިން މި ރަށުގައި އާންމު ކަމެކެވެ. ނަމަވެސް ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ނިމިފައިވުމާ އެކު، މި ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް ލިބިފައެވެ. އަދި ބަނދަރާއި އިންވެގެން އޮންނަ ދެ ފަރާތުގެ ގޮނޑުދޮށް ސަރަހައްދުގައި މިހާރު ގްރޮއިންސް ޖެހިފައިވުމާއެކު، ކުރިން ބަނދަރަށް ވެލި ވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް މި ކުންފުނިން ޤަބޫލުކުރަމެވެ.
އެމްޓީސީސީން ބުނީ މި ބަނދަރާއިއެކު، ކިނޮޅަހު ރައްޔިތުންނަށް ލަފާފުރުމުގައި އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ކިނަޅޮހުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 31726 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 15252 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 1920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 6100 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދު ފުންކުރުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ކުރިއަށްދާނެއެވެ. އަދި 172.30 މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1884 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބީކަން ހަރުކުރުމާއި، މޫރިންގ ބްލޮކްސް ހަރުކުރުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު