އެސްޓީއޯ ފުށް ގުދަނުގައި ޖައްސާފައި ހުރި ފުށް ބަސްތާތަކެއް ގައިމައްޗަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ދެ މީހުންނަކީ މުދާ ބަލައި ފުށް ގުދަނަށް ދިޔަ ދެ ބިދޭސީ މަސައްކަތު މީހުންކަމަށެވެ.

އެ ކުންފުނިން ބުނީ ފުށް ބަސްތާ ބަރިއެއް އެ މީހުންގެ ގައިމައްޗަށް ވެއްޓުނީ ބަސްތާތައް ނެގުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ. ބަސްތާ ވެއްޓުމުގެ ސަބަބުން އެކަކުގެ ނޭފަތުން ލޭއައިސްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ނަމަވެސް އެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ހަކުރާއި ހަނޑޫ ގުދަންކޮށްފައި ހުންނަނީ ޕެލެޓު މަތީގައި ޖަހާފައި ކަމަށާއި ފުށް ބަސްތާތައްވެސް ޕެލެޓު މަތީގައި ޖަހަން މިހާރު ފަށާފައިވާކަމަށެވެ. އަދި މިއަދު ދެ މީހެއްގެ ގައި މައްޗަށް ވެއްޓުނު ބަސްތާތަކަކީ ޖާގަ ނެތުމުން ޕެލެޓު މައްޗަށް ނާރުވައި ހުރި ބަސްތާ ބަރިއެއްކަމަަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު