އިކޮންމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އާއިލާ ދިރިއުޅޭުއްވާ މއ. ބޯގަންވިލާގެ ކޮޓަރިއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗަކާއެކު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރަށްދެބައި މަގުގައި ހުންނަ މއ. ބޯގަންވިލާގޭގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ރޭ 23:30 ހާއިރުއެވެެ. އެހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ވަނީ އަލިފާން ނިއްވާލާފައެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާދިސާގައި ރޯވި ކޮޓަރީގައި ހުރި ހުރިހާ އެއްޗަކާއެކު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ބޯގަންވިލާގޭގައި ދިރިއުޅެނީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ގެ އިތުރުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އާއިލާގެ ބައެއް ބޭފުޅުންނެެވެ. އެގޭގައި އަލިފާނު ހާދިސާ ހިނގި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު