އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބިގެން އެހީތެރިކަން ބޭނުންވާނަމަ އަވަށު އޮފީސްތަކަށް ގުޅަމުންދިއުމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީޢަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ސިޓީގައި ފެންބޮޑުވެ، ބައެއް ގެތަކާއި މީހުންގެ މުދަލަށްވެސް ގެއްލުން ލިބެމުންދާކަމަށެވެ. އަދި ކައުންސިލުން ދަނީ އެމްއެންޑީއެފާއި ފުލުހުންނާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވަނީ ވިއްސާރައިގައި ގެއްލުން ލިބި އެހީއަށް ބޭނުންވާ ފަރާތްތަކުން އަވަށު އޮފީސްތަކަށް ގުޅަމުންދިއުމަށް އެދިވަޑައިގެންފައެވެ.
އައްޑޫ ސިޓީއަށް މިވަގުތު ރީނދޫ ސަމާލު ނެރެފައިވާތީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް އިތުރަށް ސަމާލުވުމަށްވެސް އައްޑޫ ސިޓީގެ މޭޔަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި pic.twitter.com/JXiuXTxy7e
— Maldives National Defence Force (@MNDF_Official) May 6, 2023
ނިޒާރު ވަނީ ވިއްސާރައިގައި ގެއްލުން ލިބި އެހީއަށް ބޭނުންވާ ފަރާތްތަކުން އަވަށު އޮފީސްތަކަށް ގުޅަމުންދިއުމަށް އެދިވަޑައިގެންފައެވެ.
އައްޑޫ ސިޓީއަށް މިވަގުތު ރީނދޫ ސަމާލު ނެރެފައިވާތީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް އިތުރަށް ސަމާލުވުމަށްވެސް އައްޑޫ ސިޓީގެ މޭޔަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު