އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3ގެ ރަސްކަމުގައި ރާއްޖެއާއި ޔޫކޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިނގިރޭސި ރަސްކަމުގެ ތަހުތުގައި ޗާލްސް ވެޑުވުމުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ސާލިހުގެ ޓްވީޓްގައި ވަނީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ރަސްގެފާނު ޗާލްސްއަށް މަރުހަބާ ދަންނަވާފައެވެ.
ރައީސް ސާލިހުގެ ޓްވީޓްގައި ވިދާޅުވީ ރަސްގެފާނު ޗާލްސްގެ ރަސްކަމާއެކު ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ތަހުތުގައި ރަސްގެފާނު ޗާލްސް ވެޑުވުމުގެ ރަސްމިއްޔާތު ނުވަތަ ކޮރެނޭޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދެހާސް ދުއިސައްތައަށްވުރެ ގިނަ ޢިތްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައެވެ.
މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާ އަދި ސަތޭކައެއްހާ ޤައުމުތަކުން އެޤައުމުތަކުގެ އިސްވެރިންވެސް މިއިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

On behalf of the Maldivian people I send warm congratulations to Their Majesties King Charles III and Queen Camilla on their #Coronation
— Ibrahim Mohamed Solih (@ibusolih) May 6, 2023
We join the UK and Commonwealth in celebration as we look forward to forging even stronger bonds between 🇲🇻 and 🇬🇧 during His Majesty's reign.
އިނގިރޭސިވިލާތުގެ ތަހުތުގައި ރަސްގެފާނު ޗާލްސް ވެޑުވުމުގެ ރަސްމިއްޔާތު ނުވަތަ ކޮރެނޭޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދެހާސް ދުއިސައްތައަށްވުރެ ގިނަ ޢިތްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައެވެ.
މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާ އަދި ސަތޭކައެއްހާ ޤައުމުތަކުން އެޤައުމުތަކުގެ އިސްވެރިންވެސް މިއިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު