އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި ޒުވާނާ މޫދުގައި އޮއްވާ ހައްޔަރުކޮށްފިއެވެ.

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރު ކޮށްފައި ހުއްޓާ ފިލާފައިވަނީ އއ. ހިމަންދޫ ދަބުގެ ހުސައިން ޝަހްބާނެެވެ. އޭނާ ފިލާފައިވަނީ އިއްޔެ ގޮޅިން ނެރެފައި ހުއްޓައެވެެ. ޝަހުބާން ބަންދުން ފިލުމާ ގުޅިގެން ފުލުހުން ވަގުތުން ވަނީ އޭނާގެ ވަނަވަރާއި ފޮޓޯ އާންމުކޮށް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ފުލުހުން ބުނީ ފުލުހުންގެ ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) މިއަދު 18:35 އެހައިކަންހާއިރު އއ. ރަސްދޫއާ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިފައިވާ ކަމަށެވެ.

ޝަޙްބާން ފެނުނުއިރު ހާލު ރަނގަޅު ކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ޝަހުބާނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، ވިޔަފާރި ކުުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެެވެ.



ކިޔުންތެރިންގެ ހިޔާލު