ބައެއް ބޭފުޅުން ޗާގޯސްގެ ވާހަކަދައްކަވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަންކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ ޗާގޯސްގެ މައްސަލައިގައި ސިޔާސީ ގިނަ ބަޔަކު ސަރުކާރާއި ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. މިގޮތުން ކުރިން އެކި މަޤާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ބައެއް ވަޒީރުންވެސް އެކަމުގައި ވަރަށް ހަރަކާތްތެރިކޮށް ދަނީ އުޅުއްވަމުންނެވެ.
އިމްރާން ވިދާޅުވީ ޗާގޯސްގެ ވާހަކަ ބައެއް ބޭފުޅުން ދައްކަވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމުގެ ނިޔަތުގައިކަމަށެވެ. އެގޮތުން ޗާގޯސް މައްސަލަ ހޫނުކުރުމަށް އެންމެ ގަދައަށް މަސައްކަތްކުރާ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފާނެކަމަށް ބައެއް ބޭފުޅުން ޤަބޫލުކުރައްވައިގެން އެ މަގުން މަސައްކަތްކުރާކަން ފާހަގަވާކަމަށް އިމްރާން ވިދާޅުވިއެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު ވާޙަކަ ދައްކާއިރު އެކަމުގައި ސަރުކާރާއި އެކުގައި ތިބީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.
ޗާގޯސް މައްސަލައިގައި މިހާރު އެންމެ ބޮޑަށް އިދިކޮޅަށް ވާހަކަދައްކަވަމުންދާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރެވެ. އޭނާއާއެކު އެހެން ބައެެއް ޤާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންވެސް މަސައްކަތްކުރައްވައެވެ.

PPM ge Riyasee tiket dhenee Chagos massala hoonukurumah enme gadhayah vaahaka dhakkaa,enme kureegai muzahara lead kuraa beyfulhakah kamah gaboolu kurevi ekamah fai nangavaa beyfulhun ginavaakan faahagavaan fashaifi.
— Imran Abdulla (@ShimranAb) May 6, 2023
ޗާގޯސް މައްސަލައިގައި ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު ވާޙަކަ ދައްކާއިރު އެކަމުގައި ސަރުކާރާއި އެކުގައި ތިބީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.
ޗާގޯސް މައްސަލައިގައި މިހާރު އެންމެ ބޮޑަށް އިދިކޮޅަށް ވާހަކަދައްކަވަމުންދާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރެވެ. އޭނާއާއެކު އެހެން ބައެެއް ޤާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުންވެސް މަސައްކަތްކުރައްވައެވެ.
ކިޔުންތެރިންގެ ހިޔާލު