އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 އިނގިރޭސި ރަސްކަމުގެ ތަހުތުގައި ވަޑުވައިފިއެވެ.
ރަސްކަމުގެ ތަހުތުގައި ޗާލްސް 3 ވެޑުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަންޑަންގެ ވެސްޓްމިނިސްޓަރ އަބޭގައެވެ.
އިނގިރޭސި ރަސްކަމުގެ ތަހުތުގައި ބޭފުޅަކު ވެޑުވުމުގެ ރަސްމިއްޔާތަކީ މީގެ އެތައް ސަތޭކަ އަހަރެއްކުރިން ފެށިގެން ބާއްވަމުން އަންނަ ރަސްމިއްޔާތެކެވެ. 950 އަހަރަށްވުރެ ދިގު ތާރީހެއް މިކަމުގައި އޮތްއިރު، މިކަމުގައި ގެންގުޅޭ އާދަކާދަތަކަށް މާބޮޑު ބަދަލެއް ނާދެއެވެ.
އޭގެތެރޭގައި ހުވާކުރުމާއި، ގައިގައި އަތަރުލުމާއި ރަނުން ހަދާފައިވާ ހެދުމަކާއި، ރަން ކަނޑިއެއްގެ އިތުރުން ރަން އަސައަކާއި އަދި އެނޫންވެސް އަގުހުރި އެތައް ޖަވާހިރެއް ހިމެނޭ ތަކެތި ވަނީ ރަސްގެފާނަށް އަރުވާފައެވެ. އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުން ރަސްގެފާނުގެ އިސްތަށިފުޅުގައި ޖަވާހިރާއި ރަނުން ތައްޔާރުކޮށްފައިވާ ތާޖެއް އެޅުވުނެވެ. އަދި ތަހުތު ގޮނޑިކޮޅުގައި ވެޑުވުމާއެކު ކޮރޮނޭޝަންގެ މުހިއްމު ބައިތައް ނިމިގެން ދިޔައީއެވެ.
މި ރަސްމިއްޔާތަށްފަހު ރަސްގެފާން ޗާލްސްއާއި ކުއީން ކެމީލާ އަސްގާޑިޔާކޮޅުގައި އާއްމުންނަށް ފެންނަ ގޮތަށް މަގުތަކުގައި ދުއްވާފައި ވަޑައިގެންނެވިއިރު ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔުމަށް މަގުތަކަށް ނިކުމެފައެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެރިން ބައިވެރިވެވަޑައިގެންނެވިއިރު، މި ރަސްމިއްޔާތު މީޑިއާގެ އެކި ވަސީލަތްތަކުން ދިޔައީ ވަގުތުން ދުރަށް ފޮނުވަމުންނެވެ.
އިނގިރޭސިވިލާތުގައި އެންމެފަހުން ރަސްކަމުގެ ތަހުތަށް ބޭފުޅަކު ވެޑުވިފައިވަނީ 1953 ވަނަ އަހަރުއެވެ. އެއީ ޗާލްސްގެ މަންމާފުޅު ކުއީން އެލިޒަބަތެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންއިރު ޗާލްސްގެ އުމުރުފުޅަކީ އެންމެ 3 އަހަރެވެ.
ޗާލްސްއަށް އިނގިރޭސި ރަސްކަން ލިބިވަޑައިގެންނެވީ މަންމާފުޅު ކުއީން އެލިޒަބަތު އަވާހަރަވުމުންނެވެ. އެކަމަނާ އަަވާޙަރަވީ 70 އަހަރު އިނގިރޭސި ތަހުތުގައި ރަނިކަން ކުރެއްވުމަށްފަހުއެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނުގެ މަޤާމަށް އުމުރުން 73 އަހަރުގެ ޗާލްސް އިސްކުރެވުނުއިރު، އޭނާއަކީ އެމަޤާމަށް ވަޑައިގެންނެވި އެންމެ އުުމުރުން ދުވަސްވީ ބޭފުޅާއެވެ. އަދި ކޮރެނޭޝަން ބޭއްވިއިރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 74 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު