ގައުމު ބަނގުރޫޓްކޮށް، މުސާރަ ކުޑަކުރާ ވެރިންނަށް ރައްޔިތުން ވެރިކަމެއް ނުދޭނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އަޢްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިރޭ ވިދާޅުވީ ކޯވިޑްގެ ދުވަސްވަރު ގައުމު ބަންގްރޫޓް ކޮށްލަން އުޅުއްވި ބޭފުޅުންގެ މަތިން ރައްޔިތުން ހަނދާން ނެތޭހާ ގިނަ ދުވަހެއް އަދި ނުވާކަމަށެވެ.

ޝަރީފް ވިދާޅުވީ ވެރިކަން ލިބިއްޖެއްޔާ ގައުމު ބަގްރޫޓްކޮށް، ސަރަކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަ ކޮށްލާނެކަން ޔަގީންވާ ބަޔަކަށް ރައްޔިތުން ވެރިކަން ނުދޭނެކަމަށެވެ.



ޝަރީފް ވިދާޅުވީ ރައްޔިތުން ވެރިކަން ދޭނީ ދަތި އުނދަގޫ ހާލަތެއްގައިވެސް އިގުތިސާދު މެނޭޖްކުރެވޭނެ ބަޔަކަށްކަމަށެވެ.

"ތަރައްގީގެ މަސައްކަތް ދަރަންޏަށް ނަގައިގެން ވިޔަސް ކުރިޔަށް ގެންދާނެ ވިސްނުމާ ގާބިލުކަން ހުރި ބަޔަކަށް ރައްޔިތުން ވެރިކަން ދޭނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޗާގޮސް އަތުލާނަމޭ، ކަޑުން ބަޔެއް ގެއްލިއްޖެޔޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އަދި އެއީ ރައްޔިތުން ގުނބޯ ހައްދަން ދައްކާ ވާހަކައެއްކަން ރައްޔިތުނަށް ސާފުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު