އައްޑޫ ސިޓީ ފޭދޫގައި 6 އަހަރުގެ ކުއްޖަކު މޫދަށް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫ ޓްރެކް ސަރަޙައްދުގައި ހުރި ރެސްޓޯރެންޓަކަށް ޢާއިލާއާއެކު ދިޔަ ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ކުއްޖާ ފެނުނީ ހަވީރު 17:50 ހާއިރު، މޫދުގައި އޮއްވާކަމަށެވެ. އަދި އެކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށްކަމަށްވެސް ފުލުހުން ބުނެއެެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން