އިދިކޮޅުގެ ލީޑަރު އަދި ރިޔާސީ ކެންޑިޓޭޓް ރައީސް ޔާމީން އަބްދުލް ގައްޔޫމާ މެދު މިސަރުކާރުން ހިންގަމުންގެންދާ ޝަރީއަތްތަކުގެ މައުލޫމާތު އީޔޫއާ ހިއްސާ ކޮށްފިއެެވެ.

ޕީއެންސީގެ ނައިބްރައީސް، އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވީ އަވަށްޓެރި ސްރީ ލަންކާގައި ތިއްބަވާ އީޔޫގެ ވަފުދަކާ އެކޯލިޝަނުން ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އީޔޫގެ ވަފުދާއެކު ބުރާސްފަތި ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީނާ މެދު ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތަކާއި އިންސާފު ހޯދުމަށް ހުރި ގޮން ޖެހުންތަކާއި އަދި އެމަނިކުފާނަށް ދެމުންގެންދާ އަނިޔާގެ ވާހަކަ ހިއްސާ ކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމިނަށް ކުރާ ދައުވާތަކުގެ މައްސަލައިގެ މައުލޫމާތު ދިނުމަށް އިދިކޮޅު ކޯލިޝަންގެ ދެ ބޭފުޅަކު ވަނީ ސްރީލަންކާ އަށް ވަޑައިގެންފައެވެ. އެ ދެބޭފުޅުންނަކީ ކުރީގެ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން