ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓް އެއްކޮށްލި ބަޔަކު 2 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެތަން ހުރި ގޮތަށް އަލުން ހަދަން އަންގައިފިއެވެ.

އަރބަންކޯއިން ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުމާއި ގުޅިގެން، އެ ކޯޕަރޭޝަނުން ބެލި ބެލުމުން މިހާރު ވަނީ އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވިފައިކަމަށެވެ.

މިއެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރިއިރު، އެކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިކަމަށް އެޗްޑީސީން ބުނެއެވެ.

އަރބަންކޯއިން ބުނީ މި މައްސަލަ ބެލުމަށްފަހު ކޮންމެ އެޕާރޓްމެންޓެއް، 100000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި 2 ފަރާތުންވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައިކަމަށެވެ. މީގެއިތުުރުން އެތަން ހުރި ގޮތަށް އަލުން ހެދުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހިޔާ ޔޫނިއަންް

19-May-2023

ތަން އަތުލަން ވީ



ޓްރެންޑިން