ރާއްޖޭގައި ރުކުގެ އާޖީލެއް ބިނާކުރުމަށް ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމެއް ސަރުކާރުން ފަށައިފިއެވެ.

ސަރުކާރުން ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށާފައި މިވަނީ ރާއްޖޭގައި ހުރި ރުއްތައް މަދުވެ، ކާށި ލިބުން ދަތިވުމާއި ގުޅިގެނެވެ.

ރާއްޖޭގައި ރުކުގެ އާޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް މިއަދު ހެނދުނު ފެށީ ހދ. ވައިކަރަދޫގައެވެ.

މި ޕްރޮގްރާމް ފަށްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދެވެ.

"ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙު ކުރުމަކީ ލިބުނު ބޮޑު އުފަލެއް. ގްރީން ފަންޑުގެ މާލީ އެހީގައި މިހާރުވަނީ 3-4 އަހަރުތެރޭ ފޯދޭ 5000 ރުއް ހޯދާފައި. ހުޅަނގުގައި ރުވަން މިފެށީ" މިނިސްޓަރ ވިދާޅުވިއެވެ.



އެގްރިކަލްޗަރ މިނިސްޓްރީން ރުއް އާލާކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ކެރެލާއިން ރާއްޖެއަށް ގެނައި 5000 ރުކުންނެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން 7 އަތޮޅެއްގެ 11 ރަށަކަށް ރުއްތައް ބެހުމަށް ނިންމަވާފައިވާކަމަށެވެ.

މި ރުއްތައް ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުން އަތޮޅުތެރެއަށް، 3 ބުރަކަށް ބަހާލައިންގެނެވެ. އަދި ރުއް ބެހުމަށް މަސައްކަތްކުރަމުން ގެންދާއިރު، ރުއް އިންދުމުގެ މަސައްކަތްވެސް ވަކި ޚާއްޞަ ގޮތްތަކަކަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން