އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ 3 ވަނައިގެ ކޮރޮނޭޝަން ނުވަތަ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ގުޅިގެން ބޭއްވި ހެނދުނުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނޭ ސިޑްސްއާއި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޕާޓްނަރުން އަދި ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް އިނގިރޭސި ސަރުކާރުގެ ފަރާތުން ހުކުރުދުވަހު ދެއްވި ހެނދުނުގެ ފަރިއްކޮޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންދޫބެއްގެ ހައިސިއްޔަތުން މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދުއެވެ.

ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ބޭއްވި ހެނދުނުގެ ފަރިއްކޮޅަކީ ސިޑްސްގެ 4 ވަނަ ބައްދަލުވުން 2024 ވަނަ ކާމިޔާބުކަމާއެކު ބޭއްވުމަށް އިނގިރޭސި ސަރުކާރުންދޭ އިސްކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ފަރިއްކޮޅެކެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން