ދިވެހި ގައުމު ވެއްޓިފައިވާ އަނދަވަޅުން ނަގައި ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންގޮސްދެވޭނީ ކުރީގެ ރައީސް ޔާމިނަށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދަވަން މުއިއްޒު މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ ހާލަތެއްގައި، ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ބޭނުމުގައި، ސެނެޓް ކޮންޓްރޯލް ނެގުމަށް ވެސް މުއިއްޒު ސިޓީ ކައުންސިލްގެ ވަޒީފާތައް ދެއްވަމުން ގެންދަވާ ކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެެވެ. އެކަން ދޮގު ކުރަށްވައި މާލޭގޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ތެދު ދޮގު ނުބަލައި ހަބަރު ނުފެތުރުމަށް މުއިއްޒު އެދިވަޑައިގެންނެެވިއެވެ.



"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ޔާމީން. މިއާ ހިލާފަށް އަޅުގަނޑާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ހަބަރަކީ ހަގީގަތެއް ނޫން. ހަބަރެއް އިވުމުން ހަބަރެއްގެ ތެދު ދޮގު ނުބަލާ ފެތުރުމަކީ ފިތުނަވެރިކަން. އެކަން ނުކުރެއްވުމަށް، އެކަން ކުރައްވާ ފަރާތްތަކަށް ނަސޭހަތްތެރިވަން." ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމިން ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވިދާނެ ކަމާއި މެދު މިހާރު ވަނީ ގާނޫނީ ސުވާލު އުފެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން