ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި ކުރިން ހަރަކާތްތެރިވި މޫސާ އަންވަރު، އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

މޫސާ އަންވަރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރީ އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މޫސަ ވިދާޅުވީ ރައީސް ސޯލިހުގެ ލީޑާޝިޕުގެ ހަމަތަކަށް އޭނާ ތާއީދުކުރަށްވާ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކޮށް އެ މަނިކުފާނު އިންތިހާބު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.



މޫސަ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ނެގެހެއްޓޭނެ ލީޑަރަކަށް މި ވަގުތު ހުރީ ރައީސް ސޯލިހު އެކަނި ކަމަށެވެ.

ގާނޫނީ ވަކީލު، މޫސާ އަންވަރަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެެވެ. ކުރީގެ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އަދީބު ހައްޔަރުކުރުމާއެކު މޫސާ އަންވަރު ދިރިއުޅުން އިނގިރޭސިވިލާތަށް ބަދަލުކޮށް ދިރިއުޅުއްވަނީ އެގަައުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން