ކައްދޫ އެއާޕޯޓް ހިންގާ ކުންފުނި، ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފައިވާ ކަމަށެެވެ. ޒަކަރިއްޔާ މަންސޫރަކީ އެ ކުންފުނި އުފެއްދުމާ އެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޒަކަރިއްޔާ މަންސޫރު ވަނީ ސިފައިންގެ ހިދުމަތުގައި 39 އަހަރު ހިދުމަތްކުރައްވާފައެވެ. އެގޮތުން ޒަކަރިއްޔާ ގައުމީ ދިފާއީ ބާރުގެ ލީޑަޝިޕްގެ ގިނަ މަގާމުތަކެއް އަދާކުރައްވައިފައިވާއިރު އޭނާ މިހާރު ހުންނެވީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ގެ މަގާމުގަ އެވެ.

ޒަކަރިއްޔާ މަންސޫރަކީ މާސްޓާ އޮފް އާޓްސް އިން ސްޓެރެޓީޖިކް ސެކިއުރިޓީ ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެއްކަން ވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު