ރާއްޖޭގެ އެއްވެސް ރަށެއްގައި މާދަމާރޭ ކޭތަނަމާދު ނުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްްޓްރީން މިހެން ބުނީ މާދަމާރޭ ހިފާ ހަނދުކޭތައާ ގުޅޭ ގޮތުންނެވެ.

އިސްލާމިކް މިނިސްްޓްރީން ބުނީ މާދަމާރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހަނދުކޭތަ ހިފާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާކަމަށެވެ. ނަމަވެސް ހަނދުގެ އެއްވެސް ބަޔަކުން އަލިކަން މުޅިން ފިލައިގެން ގޮސް އަނދިރިކަން ނުހުންނާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްްޓްރީން ބުނީ ފަނޑު ހިޔަންޏެއްގެ ގޮތުގައި ހަނދަށް އެޅިފައި ހުންނާނީ ވަރަށް ފަނޑު އަނދިރިކަމެއްކަމަށެވެ. އަދި މި ސަބަބުތައް ހުރުމުން ފަލަކީ ކޮމެޓީގެ ލަފައާއެކު އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ މާދަމާރޭ ކޭތަ ނަމާދު ރާއްޖޭގެ އެއްވެސް ރަށެއްގައި ނުކުރާގޮތަށްކަމަށް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު