ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް، ކެޕްޓަން އިބްރާހިމް ރަޝީދު 40 އަހަރުގެ ހިދުމަތަށް ފަހު، އޭނާގެ އެންމެ ފަހު ދަތުރާއެކު އެ ޚިދުމަތުން މިއަދު ރިޓަޔާކޮށްފިއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް، ކެޕްޓަން އިބްރާހިމް ރަޝީދު ރިޓަޔާ ކުރެއްވިއިރު މަސައްކަތް ކުރެއްވީ ވިލާ އެއާގެ ފްލައިމީގައި ކެޕްޓަނެއްގެ ގޮތުގައެވެެ.
އިބްރާހިމް ރަޝީދު 40 އަހަރުގެ ހިދުމަތަށް ފަހު އުމުރުން 65 އަހަރުގައި ރިޓަޔާވުމުގެ ކުރިން މިއަދު ވަނީ އދ.މާމިގިލިން މާލެއަށް ފުލައިޓްގައި އެންމެ ފަހު ދަތުރު ކުރަށްވާފައެވެ. އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.
އެ ދަތުރަށްފަހު ފްލައިމީ އާއި އޭވިއޭޝަން ދާއިރާގެ ގިނަ މުވައްޒަފުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިބްރާހިމް ރަޝީދުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނައަށް މަރުހަބާ ކިޔާފައެވެ.
1983 ވަނަ އަހަރު އެއާ މޯލްޑިވްސް އިން ޕައިލެޓް ކަމުގެ މަސައްކަތް ފެއްޓެވި އިބްރާހިމް ރަޝީދު ޕައިލެޓް ޓްރެއިނިން ހެއްދެވީ ތައިލެންޑުންނެެވެ. އޭނާއަކީ ފްލައިޓް ކެޕްޓަންކަމުގެ ލައިސަންސް ރާއްޖޭގައި ފުރަތަމަ ލިބިވަޑައިގަތް ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު