އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ރަނިންމޭޓަކަށް ރަނގަޅީ ކޮންބޭފުޅެއްތޯ ވިދާޅުވެ އެޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އާންމު ޕޯލެއް ހުޅުވާލައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ރަނިންމޭޓަކަށް ރަނގަޅީ ކޮން ބޭފުޅެއްތޯ ސުވާލު ކުރަށްވައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ޕޯލެއް ހުޅުއްވާލެއްވީ ޓުވީޓާ މެދުވެރި ކުރަށްވައެވެ.
އެ ޕޯލްގައި ހަސަން ވަނީ ރައީސް ސާލިޙުގެ ރަނިންމޭޓަކަށް ދެބޭފުޅެއްގެ ނަން ހުށައަޅުއްވާފައެވެ. އެ ދެބޭފުޅުންނަކީ ފޮރިން މިނިސްޓަރު ޝާހިދާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެެވެ.
އެ ދެބޭފުޅުންގެ ތެރެއިން ޝާހިދު ރައީސްގެ ރަނިންމޭޓަކަށް ހަމަޖައްސަން ފެންނަ ކަމަށް 54 ޕަސެންޓް މީހުން ވަނީ ވޯޓް ދީފައެވެ. އަސްލަމް ރައީސްގެ ރަނިންމޭޓަކަށް ހަމަޖައްސަން ފެންނަކަމަށް ވޯޓް ދީފައިވަނީ 46 ޕަސެންޓް މީހުންނެެވެ. އެހެންކަމުން އެ ޕޯލުން މިވަގުތު ކުރީގައި އުޅުއްވަނީ ޝާހިދެވެ.
ރަނިންމޭޓަކަށް ހަމަޖައްސާނެ ބޭފުޅަކާއި ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިހާތަނަށް ވަކިއެއްޗެެއް ވިދާޅުވެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސްގެ ރަނިންމޭޓަކަށް ނެންގެވީ ޖުމުހޫރީ ޕާޓީގެ މެމްބަރެއް ކަމަށްވާ ފައިސަލް ނަސީމެެވެ.

Raees @ibusolih ge running mate akah emme rangalhee
— Hassan Latheef🎈 (@HassanLatheef) May 4, 2023
އެ ދެބޭފުޅުންގެ ތެރެއިން ޝާހިދު ރައީސްގެ ރަނިންމޭޓަކަށް ހަމަޖައްސަން ފެންނަ ކަމަށް 54 ޕަސެންޓް މީހުން ވަނީ ވޯޓް ދީފައެވެ. އަސްލަމް ރައީސްގެ ރަނިންމޭޓަކަށް ހަމަޖައްސަން ފެންނަކަމަށް ވޯޓް ދީފައިވަނީ 46 ޕަސެންޓް މީހުންނެެވެ. އެހެންކަމުން އެ ޕޯލުން މިވަގުތު ކުރީގައި އުޅުއްވަނީ ޝާހިދެވެ.
ރަނިންމޭޓަކަށް ހަމަޖައްސާނެ ބޭފުޅަކާއި ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިހާތަނަށް ވަކިއެއްޗެެއް ވިދާޅުވެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސްގެ ރަނިންމޭޓަކަށް ނެންގެވީ ޖުމުހޫރީ ޕާޓީގެ މެމްބަރެއް ކަމަށްވާ ފައިސަލް ނަސީމެެވެ.
ކިޔުންތެރިންގެ ހިޔާލު