ކުރީގެ ދެ ބަންޑާރަ ނާއިބުންކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އައިޝަތު އާޒިމާ ޝަކޫރު ޗާގޯސް މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި "ލައްކަ ކޮސް ގޮވައިފި" ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ޗާގޯސް މައްސަލައިގައި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި އެހެން ބައެއް ޤާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރާއި ނޫސްވެރިންނަށް ވަަރަށް ބޮޑަށް ފާޑު ކިޔާފައިވާ ދަނޑިވަޅެއްގައެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކުރީގެ ދެ ބަންޑާރަ ނައިބުންކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އައިޝަތު އާޒިމާ ޝަކޫރު ޗާގޯސް މައްސަލައިގައި ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.



ޝަރީފް ވަނީ ކުރީގެ ދެ ބަންޑާރަ ނައިބުން އެންމެ ފުރަތަމަ ރައްޔިތުންނަށް ސާފު ކޮށްދެއްވަންވީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ހޯދެން އޮއްވާ އެތަން ރާއްޖެއަށް ހޯއްދަވައި ނުދެއްވައި އޮތީ ކީވެގެންތޯ ސުވާލު އުފައްދަވާފައެވެ.

ޝަރީފް ވިދާޅުވީ ޗާގޯސް މައްސަލައިގައި އާޒިމާ އާއި މުނައްވަރު ވާހަކަ ދައްކަވާއިރު އެއް ބޭފުޅަކު ޗާގޮސްއަކީ ރާއްޖޭގެ ތަނެކޭ، އަނެއް ބޭފުޅާ އެއީ ރާއްޖޭގެ ތަނެއް ނޫންކަމަށް ވިދާޅުވާކަމަށެވެ.

"ކޮންމެއަކަސް ދެ ބޭފުޅުންވެސް ލައްކަ ކޮސް ގޮވައިފި." ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވަނީ ރާއްޖެއިން ވިއްކާލިކަމަށް އިދިކޮޅުން އެބުނާ ބޮޑު ބަޔެއް ރާއްޖެއަށް ލިބުނީ ކޮން ދުވަހަކުތޯވެސް ސުވާލުކުރައްވާފައެވެ. އަދި އެނިންމުން ނިންމާފައި އޮތީ ޔޫއެންގެ ކޮން އިދާރާއަކުންތޯވެސް ޝަރީފް ސުވާލުކުރެއްވިއެވެ.

"ޗާޓެއް ކުރެހިޔަސް ނުކުރެހިޔަސް އެ ޗާޓެއް ގަބޫލު ކުރި ގައުމެއް ޔޫއެންގެ އިދާރާއެއް ނެތް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި މޮރީޝަސްއަށްވުރެ ބޮޑު ބައެއް ރައީސް ސާލިހްގެ ސަރުކާރުން ހޯއްދަވާދެއްވާފައިވާ ކަމަށެވެ. އަދި އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު