ފަތުރުވެރިކަމުގެ ސިނާއަތުގައި ހައުސް ކީޕީން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށް ރާއްޖެއިން ބޭރުގައި ޚާއްސަ ތަމްރީން ޕްރޮގުރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް މޯލްޑިވިސް ހައުސް ކީޕާ އެސޯސިއޭޝަން (އެމްއެޗްއޭ) އިން ބުނެފިއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިސް ހައުސް ކީޕާ އެސޯސިއޭޝަންގެ ކޯ ފައުންޑަރ އަބުދު ﷲ ނަޒީމް މިއަދު ވިދާޅުވީ ހައުސް ކީޕީން ދާއިރާގައި މަސައްކަތް ކުރާ މުވަައްޒަފުންނަށް އަމާޒުކޮށްގެން އެ އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ހިންގާ މިތަމްރީން ޕްރޮގުރާމްގައި މިއަހަރު 22 މަސައްކަތްތެރީން ބައިވެރިވާނެ ކަމަށެވެ.

ނަޒީމް ވިދާޅުވީ އެ ތަމްރީން ކުރިއަށް ގެންދަން ބޭނުންވަނީ ރާއްޖޭގައި ކަމަށެވެ. އެހެން ނަމަވެސް ޕްރޮގުރާމް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގައި ނެތުމުން އެ ޕްރޮގުރާމް މުމްބާއީގައި ހިންގަން ނިންމާފައިވާ ކަމަަށް އޭނާ ވިދާޅުވިއެވެ. އަދިި މިމަހުގެ 10 ވަނަ ދުވަހު އެ ޕްރޮގުރާމްގެ ބައިވެރިން ފުރާނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހައުސް ކީޕިން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ވަރަށް ބޮޑަށް މަދު ކަމަަށާއި އެދާއިރާގައި ވަޒީފާތަކުގައި ގިނައިން މިހާރު ތިބީ ބިދޭސީން ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހައުސް ކީޕިންގ ވަޒީފާ ތަކުގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ އެ ޕްރޮގުރާމްގައި މިފަހަރު ބައިވެރިވަނީ ހުސް ދިވެހިން ކަމަށާއި އެ ޕްރޮގުރާމްގައި ބައިވެރިވާނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ.

"މުމްބާއީގައި ކުރިއަށް މި ގެންދަނީ މި ތަމްރީން ޕްރޮގުރާމް، މިމަހު 10 ވަނަ ދުވަހުން ފެށިގެން ހަފުތާ އަކަށް އެކޮޅުގަ މަޑުކުރާނެ މުމްބާއީގައި ހުންނަ ޓްރެއިނިން ލެބޯޓަރީ އަކަށް ބައިވެރިން މިގެންދަނީ. ލެބޯޓަރީ އާއި ފެކްޓްރީގައި ތަމްރީން ޕްރޮގުރާމްތައް ކުރިއަށްދާނީ. މީގައި ހިމެނޭނެ ޕްރެކްޓިކަލް ބައި، ބޮޑަށް ދާނީ. ތިއަރީ ވެސް ހިމެނޭނެ. މިއީ ބޮޑަށް ޓެކްނިކަލް ޖޮބެއްވީމާ މީހުން ފެކްޓްރީ ތަކަށް ގޮސް އެއްޗެހި ދައްކައި ލެބޯޓަރީ އަށް ގެންގޮސް މިސާލަކަަށް ލޯންޑްރީ އޮޕަރޭޝަން ކުރިއަށްދާނެ ގޮތާއި ޓެކްނިކަލް ބައިކުރިއަށްދާނީ." ނަޒީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިދޭސީ މުވައްޒަފުންނަށް ވެސް އެ ތަމްރީން ޕްރޮގުރާމްގައި ބައިވެރިވެވޭނެ ކަމަށާއި އެ ޕްރޮގުރާމް ކުރިއަށް ގެންދާއިރު، ރިސޯޓް ހިންގާ ފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެެއްބާރުލުން ލިބެމުންދާ ކަމަށެވެ.



މޯލްޑިވިސް ހައުސް ކީޕާ އެސޯސިއޭޝަނަކީ މިހާރު ފަތުރުވެރިކަމުގެ ސިނާއަތުގައި ހިނގާ އެއް ނަމެެވެ.

މޯލްޑިވިސް ހައުސް ކީޕާ އެސޯސިއޭޝަނަކީ ފަތުރުވެރިކަމުގެ ދާއިރާ ޚާއްސަކޮށް ހައުސް ކީޕީންގެ ދާއިރާއިން ތައުލީމީ ހުނަރުވެރި ޤާބިލް ބަޔަކު އުފެއްދުމާއި އެދާއިރާގައި މަސައްކަތް ކުރާ ހުނަރުވެރި އަދި ފަންނީ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ އެސޯސިއޭޝަނެކެވެެ. މީގެ އިތުރުން ރާއްޖެ އިން ބޭރުން އެކި އެކި ތަމްރީން ތަކާއި ސެމިނާތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަންގެ މެމްބަރުންނަށް ހޯދައިދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެެރުވުމަށް މަސައްކަތް ކުރާ އެންމެހައި ފަރާތްތަކާއި ގުޅިގެން އެ ސިނާއަތު ކުރިއެެރުވުުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރުންވެސް މޯލްޑިވިސް ހައުސް ކީޕިންގ އެސޯސިއޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު